Advertisement

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް - ޙަރަމްފުޅުގެ އިމާމަށް ދައުވަތު ދީފި

04 Jun 2026 | 13:55
-

ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ދިމާކޮށް، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބާއްވަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައި، މައްކާގެ މަސްޖިދުލްޙަރާމްގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ އަށް ދައުވަތު ފޮނުވައިފިއެވެ.

މި މަހާސިންތާ ބާއްވަން ހަމަޖެހިފައި ވަނީ 13 ސެޕްޓެމްބަރު 2026 (2 ރަބީޢުލްޢާޚިރް 1448) ގައެވެ. އެ ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަހެވެ.

Advertisement

ވުޒާރާއިން ބުނީ މިއީ ކުރިއަށް އޮތް އިސްލާމީ ޤަރުނަށް ރާއްޖޭގެ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސް ދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް މުހިންމު މުނާސަބަތަކަށް ވާނެ ކަމަށެވެ. ވުޒާރާއިން ތަމްރީނުކުރާ 1,000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ޒުވާން ޙާފިޒުން ވެސް މި މަހާސިންތާގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތަކުގައި ތިބި ޒުވާން ޚަޠީބުން މާލެ ގެނައުމުގެ އިންތިޒާމުތައް ވެސް ވުޒާރާއިން ހަމަޖައްސާނެއެވެ.

މި ވަގުތާ ހަމައަށް ޒުވާން ޚަޠީބުންގެ ޢަދަދު 532 އަށް އަރާފައިވާއިރު، ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ޙާފިޒުން ރަޖިސްޓްރީވެފައިވެއެވެ. ސެޕްޓެމްބަރުގެ ކުރިން 1,000 ޚަޠީބުން ހަމަކުރުމަށް ވުޒާރާއިން ވަނީ އަމާޒު ހިފައިފައެވެ.

މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށް މި މަހުގެ ތެރޭގައި ވުޒާރާއިން އިޢުލާނުކުރާނެ ކަމަށާއި، ޒުވާން ޚަޠީބުން މިހާރުން ފެށިގެން ތައްޔާރުވެ، އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް ވެސް ވުޒާރާއިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް
ބަޗީ
މިސަރުކާރަށް ވުރެ އިސްލާމީ ވަންތަކަން ހުރި ސަރުކާރެއް ފާއިތުވި ހަ ސަރުކާރުގައިވެސް ނެތް.
04 Jun 2026