Advertisement

34 އަހަރުވީ މައްސަލައެއްގައި 85 އަހަރުގެ މީހަކަށް ޖަލު ހުކުމެއް

04 Jun 2026 | 09:53
85 އަހަރުގެ ދީޕާ ރާއީ ކޯޓަށް ދިޔަ މަންޒަރު -

އިންޑިއާގެ ބިހާރު ސްޓޭޓުގެ ވައިޝާލީ ޑިސްޓްރިކްޓުގެ ކޯޓަކުން، 34 އަހަރުވީ މާރާމާރީ މައްސަލައެއްގައި 85 އަހަރުގެ ދީޕާ ރާއީ އަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ 1992 ވަނަ އަހަރު ޖުރާވަންޕޫރު އަވަށުގައި ހިނގި މާރާމާރީގެ ހާދިސާއެކެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދީޕާ ރާއީގެ ޢާއިލާގެ ފަސް މެންބަރަކަށް ދައުވާކުރެވުނުއިރު، މީގެ ތެރެއިން ހަތަރު މީހަކަށް ކޮންމެ މީހަކަށް 10 އަހަރުގެ ޖަލު ހުކުމާއި 25,000 ރުޕީސްގެ ޖޫރިމަނާއެއް އިއްވިއެވެ. ދީޕާ ރާއީ އަށް ތިން އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، ޢުމުރަށް ބަލައި ވަގުތީ ކަފާލާތުގައި ދޫކޮށްލިއެވެ.

Advertisement

ޑިސްޓްރިކްޓް އެންޑް އެޑިޝަނަލް ސެޝަންސް ޖަޖް މަނޯޖް ކުމާރު ތިވާރީ މި ހުކުމް އިއްވިއިރު، އަމިއްލައަށް ހިނގައިނުގަނެވޭ ހާލުގައި ދެ މީހެއްގެ ސަޕޯޓާ އެކު ދީޕާ ރާއީ ކޯޓަށް ހާޒިރުވީ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެ، ޢަދުލު އިންސާފުގެ ނިޒާމުގެ ލަސްކަމާ މެދު ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. އިންޑިއާގެ ނަން މަޝްހޫރު ޤާނޫނީ ވަކީލު އިންދިރާ ޖައިސިންގް ވަނީ އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް މި މައްސަލަ ގެންނަވައި، ޢުމުރަށް ބަލައި އެ މީހާ ދޫކޮށް، ލިބުނު ބޭއިންސާފުގެ ބަދަލު ދިނުމަށް ގޮވައިލައްވައިފައެވެ.

Advertisement

ކޮމެންޓް