ރިޔާޛްގެ 50 އަށްވުރެ ގިނަ ސަރުކާރު އިދާރާގައި މަސައްކަތު ގަޑި ފްލެކްސް ހަތަރު ގަޑިއިރަށް ބަދަލުކުރަނީ
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޛްގެ ހަ ވިޔަފާރި ޑިސްޓްރިކްޓެއްގައި ހިމެނޭ 50 އަށް ވުރެ ގިނަ ސަރުކާރު އިދާރާގައި ހަތަރު ގަޑިއިރުގެ ފްލެކްސިބަލް ވޯކިން ވިންޑޯއެއް ތަޢާރަފުކުރަން ރޯޔަލް ކޮމިޝަން ފޮރ ރިޔާޛް ސިޓީ (އާރުސީއާރުސީ) އިން ނިންމައިފިއެވެ.
ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ވުޒާރާއާ ގުޅިގެން ހިންގާ މި އިނީޝިއޭޓިވްގެ ދަށުން، ސިވިލް ސާވިސް ނިޒާމުގެ ދަށުގައިވާ އިދާރާތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 5:30 އިން 9:30 އަށެވެ. ލޭބާ ސިސްޓަމްގެ ދަށުގައިވާ އިދާރާތަކުގެ ގަޑިއަކީ ހެނދުނު 7:00 އިން 11:00 އަށެވެ.
މި އިނީޝިއޭޓިވް ހިންގާ ސަރަޙައްދުތަކަކީ ޑިޖިޓަލް ސިޓީ، ގްރެނާޑާ ބިޒްނަސް، ލައިސެން ވެލީ، ކިންގް ޢަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭއޭއެފްޑީ)، ރޮޝްން ވޯޓާފްރަންޓް އަދި ޑިޕްލޮމެޓިކް ކުއާޓާއެވެ. ޞިއްޙީ ދާއިރާއާއި ސަރުކާރު ތަޢުލީމީ ދާއިރާ މި އިނީޝިއޭޓިވް އިން ވަނީ އިސްތިސްނާކޮށްފައެވެ.
އާރުސީއާރުސީން ބުނީ މި ބަދަލުގެ މަޤްޞަދަކީ ޓްރެފިކް ފްލޯ ރަނގަޅުކޮށް، ދުވަހުން ދުވަހަށް ދަތުރުކުރުމުގެ ފަސޭހަކަން އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެވެ.