Advertisement

މިލިޔަނަކަށް ވުރެ ފޮލޯވަރުން ގިނަ ކުއްތާއެއް ވަގަށް ނަގައި ރެސްޓޯރެންޓަކަށް ކުޑަ އަގެއްގައި ވިއްކާލައިފި - އެނގުނީ ބަޔަކު އެ ކޭ ވެސް ފަހުން

03 Jun 2026 | 22:48
-

ޗައިނާގައި ސޯޝަލް މީޑިއާގައި 1.58 މިލިޔަން ފޮލޯވަރުން ތިބި މަޝްހޫރު ބޯޑާ ކޮލީ ކުއްތާއެއް ވަގަށް ނަގައި، ކުއްތާ މަސް ވިއްކާ ރެސްޓޯރެންޓަކަށް އެންމެ 180 ޔުއާން (34 ޑޮލަރު) އަށް ވިއްކާލައި ކަތިލައިފިއެވެ.

ޗައިނާގެ ހެނާން ޕްރޮވިންސްގެ ނިންގްލިން ކައުންޓީގައި ހިނގި މި ހާދިސާގައި، "ޗޫޓޯ" ނަމަކަށް ކިޔާ މި ކުއްތާގެ ވެރިމީހާ ގުއޯ ހުރީ ބޭރު ޤައުމެއްގައި ރޯޑް ޓްރިޕެއްގައެވެ. ކުއްތާ ބެލެހެއްޓުން ހަވާލުކޮށްފައި ހުރީ ގުއޯގެ ބައްޕައާއެވެ. ބައްޕަ ދަނޑުގައި މަސައްކަތްކުރަން ދިޔައިރު ޗޫޓޯ ގެންދިޔައެވެ. ކާރު ކައިރީ ބެހެއްޓި ކުއްތާ ފަހުން ފެންނާކަށް ނެތެވެ.

Advertisement

ޚަބަރު ލިބުމާ އެކު ގުއޯ އެނބުރި އައިސް، 5000 ޔުއާންގެ އިނާމެއް ހުށަހަޅައި ސޯޝަލް މީޑިއާގައި ވީޑިއޯތައް ޕޯސްޓް ކުރިއެވެ. ނުވަ އަހަރު ވަންދެން ގެންގުޅުނު ޗޫޓޯ ފެނޭތޯ ދުވަސްތަކެއް ވަންދެން ހޯދި ނަމަވެސް ނުފެނުނެވެ. ފަހުން ސީސީޓީވީ ފުޓޭޖުން ފެނުނީ އިލެކްޓްރިކް ސްކޫޓަރެއްގައި އައި ދެމަފިރިއަކު ކުއްތާ ގެންދިޔަ މަންޒަރެވެ.

ގުއޯ އެ މީހާ ހޯދައި ކުރިމަތިލުމުން، ފުރަތަމަ ދޮގު ހެދި ނަމަވެސް ފުޓޭޖް ދެއްކުމުން އެއްބަސްވީ ކުއްތާ ޑީލަރަކަށް ވިއްކާލީ ކަމަށެވެ. މަގުމަތީ ކުއްތާއެއް ކަމަށް ހީކުރީ ކަމަށް ބުންޏެވެ. ގުއޯ ޑީލަރަށް ގުޅުމުން އެނގުނީ ޗޫޓޯ އެހެން ބަޔަކަށް ވިއްކައި ކަތިލައިފި ކަމެވެ. ވައްކަން ކުރި މީހާއާއި އޭނާގެ ޢާއިލާ މާފަށް އެދެން ދެކޮޅު ހެދިއެވެ. "ކުއްތާ މަރުވެއްޖެ، ޤާނޫނާ ޚިލާފު ކަމެއް ނުކުރަން" ކަމަށް ބުންޏެވެ.

ނިންގްލިން ކައުންޓީގެ ފުލުހުން ވަނީ މި މައްސަލައިގައި އިދާރީ މައްސަލައެއް ހުޅުވައިފައެވެ. ގުއޯ ބުނީ އެއްވެސް ޞުލްޙަވެރި ހައްލެއް ޤަބޫލު ނުކުރާނެ ކަމަށާއި، ޤާނޫނީ ގޮތުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް