Advertisement

ބީއެމްއެލް ސުކޫކުގެ މަޤްޞަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓް ފުޅާކުރުން: މާލީ ވަޒީރު

03 Jun 2026 | 22:39
މާލީ ވަޒީރު، މޫސާ ޒަމީރު -

ސަރުކާރުން ގެރެންޓީ ދީގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް ނުވަތަ ކޭޝް-ފްލޯގެ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ މުޢާމަލާތެއް ނޫން ކަމަށާއި، އެއީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓް ފުޅާކުރުމަށް އަމާޒުކޮށްފައިވާ ކަމެއް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މި ސުކޫކަކީ ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް، ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދާ މާލީ މުޢާމަލާތެއް ކަމަށެވެ. މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި، ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުކުރުމަކީ މި ސުކޫކުގެ ބޭނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ވަޒީރު ވިދާޅުވީ ފިޗް އިން ރާއްޖޭގެ ރޭޓިންގް "ސީސީ" އިން "ސީސީސީ-" އަށް މަތިކުރުމަކީ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. މި އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާ އެކު އަނބުރާ ދެއްކުމަކީ ރޭޓިންގް މަތިކުރުމުގެ މައިގަނޑު އެއް ސަބަބު ކަމަށް ފިޗް އިން ފާހަގަކޮށްފައިވެއެވެ.

"ދައުލަތުގެ މާލީ ހަމަޖެހުން ޤާއިމުކުރުމަށާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އަލުން އިޢާދަކުރުމަށް ދިވެހި ސަރުކާރުން އޮތީ ސާބިތުކަމާ އެކު" ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް