Advertisement

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި

03 Jun 2026 | 17:03
-

ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ފުރިހަމަކުރި ޒުވާނުންގެ ތެރެއިން 77 ބައިވެރިޔަކު ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ބ. ކިހާދޫއަށް ފުރައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައިވެރިންނަށް ތަފާތު ހަ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. މި ބައިވެރިން ތަމްރީނު ހެދުމަށް ހަމަޖެހިފައިވަނީ ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައެވެ. މި 77 ޒުވާނުންނަކީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނެވެ.

Advertisement

ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުގައި 350 ބައިވެރިން ބައިވެރިވި އިރު، އޭގެ ތެރެއިން 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ފުރަތަމަ ބުރުގެ 344 ބައިވެރިން ދަސްވެނިވީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ބުރުގައި ވެސް 63 ބައިވެރިޔަކު ފަންނީ ދާއިރާތަކުން ތަމްރީނު ހޯދައިފައިވެއެވެ.

Advertisement

ކޮމެންޓް