Advertisement

"ޓެލްކޯ އޮފް ދަ އިޔަރ" ގެ އެވޯޑް ދިރާގަށް

02 Jun 2026 | 19:05
-

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026 ގައި "ޓެލްކޯ އޮފް ދަ އިޔަރ – ސްމޯލް މާކެޓްސް" ގެ އެވޯޑް ދިރާގުން ކާމިޔާބުކޮށްފިއެވެ.

މިއީ އޭޝިއާ ސަރަހައްދުގެ ކުދި ބާޒާރުތަކަށް ޚިދުމަތް ދޭ މުވާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް ލިބުނު ކާމިޔާބީއެކެވެ. ޑިޖިޓަލް އީޖާދުތަކާއި، ނެޓްވޯކުގެ ފެންވަރު ރަނގަޅުކުރުމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގައި ދިރާގުން ހޯދާފައިވާ ކުރިއެރުންތައް މި އެވޯޑުން ފާހަގަކޮށްފައިވެއެވެ.

Advertisement

މި ކާމިޔާބީއާ ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދު ވިދާޅުވީ "މި އެވޯޑުން ރަމްޒުކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި ސާބިތުކަމާ އެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުންގެ އިތުބާރު" ކަމަށެވެ. ވޭތުވެދިޔަ އަހަރު ދިރާގުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދީ ނިންމައިފައި ކަމަށާއި، މިއީ ރާއްޖޭގެ މުވާސަލާތީ ތާރީޚުގައި މުހިންމު ލަނޑުދަނޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް އަކީ އޭޝިއާ ސަރަހައްދުގެ މުވާސަލާތީ އަދި ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކުން ހޯދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

Advertisement

ކޮމެންޓް