އެމްއެންޔޫގެ ޖަޕާނު ބަހުގެ ކޯހަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާރޓްސް އިން ޖަޕާނު އެމްބަސީ އާއި ޖަޕާން ފައުންޑޭޝަންގެ އެހީގައި ހިންގާ "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ކޯހުގައި ބައިވެރިވުމުގެ ސުންގަޑި މޭ 31 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 23:59 އަށް އިތުރުކޮށްފިއެވެ.
ކުރިން މި ކޯހަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މޭ 17 އެވެ. މިހާރު ޝައުޤުވެރިވާ ފަރާތްތަކަށް މޭ 31 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެއެވެ.
މިއީ 15 ހަފުތާގެ މި ކޯހުގައި 30 ޖާގަ ހިމެނޭ އިރު، ޖާގަ ދިނުމުގައި އިސްކަންދެވެނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ކޯސް ފީ އަކީ 2,250 ރުފިޔާއެވެ. ކިޔަވައިދެނީ ފެކަލްޓީއަށް ހާޒިރުވެގެން، ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 19:00 އިން 21:00 އަށެވެ.