Advertisement

ދުވަހުގެ މޫސުން: އެކި ހިސާބަށް ވިއްސާރަ، ގަޑިއަކު 40 މޭލަށް ވައިގަދަވެދާނެ

02 Jun 2026 | 06:36
މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގެ މަންޒަރެއް - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މެޓް އޮފީހުން މިއަދު ހަވީރު 18:00 އާ ހަމައަށް ނެރެފައިވާ ލަފާގައި ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެދާނެ ކަމަށެވެ.

މެދުތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރެއްގައި ހުރެ ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން އުތުރާއި މެދުތެރެއަށް ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި ދެކުނަށް ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

Advertisement

ކޮމެންޓް