Advertisement

ލޯންޗު އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ހާލަތު ސްޓޭބަލް - މަޑުނުކޮށް ދިޔަ ދޯނީގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ

02 Jun 2026 | 05:06
ގެއްލުންވި ލޯންޗު - ފޮޓޯ: މެރިން ޕޮލިސް

މާލެ ކައިރިން އިއްޔެ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލަތު މިހާރު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ތަޙުޤީޤުން ކުރި މަސައްކަތުން، ލޯންޗު ޖެހުނު އުޅަނދު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. ލޯންޗު ޖެހިފައި ވަނީ ސަޕްލައި ދޯންޏެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާ ކަމަށާއި، މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަޙުޤީޤުގެ ތެރެއިން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގީ މިއަދު އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ފަޅަށް ވަންނަ ހިސާބުންނެވެ. ދެ މީހުންނާ އެކު ދަތުރުކުރި "ޓުއަރ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް ވަރަށް ބޮޑަށް ފުނޑުފުނޑުވެ، ދެ ފަޅުވެރިންނަށް ބޮޑެތި ހާނިއްކަތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ.

Advertisement

ކޮމެންޓް