Advertisement

ދުންފަތުގެ ޑިއުޓީ ރޭޓު އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ދަށްކުރުމަށް ސަރުކާރުން ވިސްނަނީ

31 May 2026 | 18:42
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި -

ދުންފަތުގެ ބާވަތްތަކުން މިހާރު ނަގަމުން އަންނަ އަށް ރުފިޔާގެ ސްޕެސިފިކް ޑިއުޓީ ރޭޓު، ހަތަރު ރުފިޔާއަށް ދަށްކުރުމާމެދު ވިސްނަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭއާ ގުޅުވައި ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާއެއްގައި 2026 ވަނަ އަހަރަށް ރާއްޖެއަށް ރެކޮމެންޑް ކޮށްފައި ވަނީ ހަތަރު ރުފިޔާގެ ސްޕެސިފިކް ރޭޓެއް ކަމަށެވެ. އެއީ މިހާރު ބައްލަވަމުން އަންނަ ރޭޓެއް ކަމަށާއި، ކަމާ ބެހޭ ހުރިހާ އިދާރާތަކާއި ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، އެ ރޭޓަށް ދާންޖެހޭ ކަމަށް އެއްބަސްވެވޭ ނަމަ ރައްޔިތުންގެ މަޖިލީހަށް ރެކޮމެންޑް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މީގެ ކުރިން ދުންފަތުގެ ޑިއުޓީ ރޭޓު 3.50 ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފައި ވަނީ ދިރާސާތަކަށް ބެލުމަށް ފަހު ނިންމެވި އުނދަގޫ ނިންމެވުމެއްގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވޭޕް މަނާކުރުމާ އެކު ދުންފަތަށް ބަދަލުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން، ދެމެހެއްޓެނިވި ގޮތެއްގައި ޑިއުޓީ ރޭޓް ވަސީލަތެއްގެ ގޮތުގައި އެޖަސްޓް ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، ފަންނީ މާހިރުންގެ ލަފައާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ ރެކޮމެންޑޭޝަންތަކަށް ރިޢާޔަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް