Advertisement

ދިރާގު އީދު ބޮނޑިބަތުގެ ހަރަކާތް ބޮޑު ތަރުހީބަކާ އެކު ކުރިއަށް ގެންގޮސްފި

27 May 2026 | 15:02
-

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ބޮޑު ތަރުހީބާ އެކު ކުރިއަށް ގެންގޮސްފިއެވެ.

މި އަހަރުގެ ހަރަކާތުގައި ބޮނޑިބަތް ބަހާފައި ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި، މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައެވެ.

Advertisement

ދިރާގުން ބުނީ މިއީ ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމުގެ މަގްސަދުގައި، ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް މުޖުތަމައުގެ ގުޅުން ވަރުގަދަކުރުމަށް ކޮންމެ އަހަރަކު ވެސް ހިންގާ ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން، ދިރާގުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ހިންގި އީދު ހަރަކާތްތަކަށް ވެސް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

ކޮމެންޓް