އުރީދޫ އެއާ ފައިބަރ: ކަރަންޓަށް ގުޅާލާއިރަށް ވަގުތުން ގެއަށް ވައިފައި
އާ ފްލެޓަކަށް ނުވަތަ އާ ގެއަކަށް ބަދަލުވާ ދުވަހު އެންމެ ފުރަތަމަ ވެސް ބޭނުންވާ އެއް ކަމަކީ އިންޓަނެޓެވެ. ނަމަވެސް ކޭބަލް ވައިރު ކުރުމާއި ކަނެކްޝަން ހޯދުމަށް ދުވަސްތަކެއް ނެގުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފައިވާ އެއާ ފައިބަރު ޚިދުމަތާ އެކު މި މައްސަލައަށް ވަނީ ފަސޭހަ ހައްލެއް ހޯދައިދީފައެވެ.
އެއާ ފައިބަރު ޑިވައިސް ކަރަންޓަށް ގުޅާލުމާ އެކު ވަގުތުން ގޭގައި ވައިފައި ލިބެން ފަށައެވެ. ކޭބަލް ވައިރުކުރާކަށް، ޓެކްނީޝަނެއްގެ އިންތިޒާރުގައި ތިބޭކަށް ނުޖެހެއެވެ. ޚާއްޞަކޮށް ހުޅުމާލެ ފޭސް ދޭއްގައި އަލަށް އިމާރާތްކުރި އެފްޑީސީ ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށް މިއީ ވަރަށް ބޮޑު ލުޔެކެވެ.
އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސް އިން ފެށިގެން މަތީ ސްޕީޑުގައި ލިބޭ މި ޚިދުމަތް ފަރުމާކޮށްފައި ވަނީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމަކަށް ފެތޭ ގޮތަށެވެ. ހައި ޑެފިނިޝަންގައި ވީޑިއޯ ބެލުމާއި، އޮންލައިން ބައްދަލުވުންތަކާއި، ތައުލީމީ ޕްލެޓްފޯމްތަކާއި، ގޭމިން ފަދަ ކަންކަމަށް މި ޚިދުމަތް ބޭނުންކުރެވެއެވެ. އެއް ފަހަރާ އެތައް ޑިވައިސެއް ގުޅައިގެން މެދުކެނޑުމެއް ނެތި ބޭނުންކުރެވޭނެއެވެ.
އަންލިމިޓެޑް އިންޓަނެޓް ޕެކޭޖްތަކާއި ހިލޭ ލިބޭ ޑިވައިސް އާ އެކު ކަސްޓަމަރުންނަށް ފަސޭހައިން މި ޚިދުމަތް ހޯދެއެވެ. އެއާ ފައިބަރުގެ ޚިދުމަތަށް އެދުމަށް ore.do/air އަށް ޒިޔާރަތް ކުރެވޭނެއެވެ.