Advertisement

ބޭހުގެ މައްސަލައަށް ދެ މަސް ތެރޭ ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

24 May 2026 | 13:59
-

ރާއްޖޭގައި ބޭސް ލިބުމުގައި ދިމާވެފައިވާ މައްސަލައަށް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބޮޑު ބަދަލެއް އަންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭހުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ ސެޕްޓެމްބަރުގައި އުފެއްދެވި ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރަމުންދާ ކަމަށެވެ. އެ ގޮތުން ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

Advertisement

"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރު ވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

ސްޓޭޓް ފާމާ އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، އަންނަ ޖުލައި މަހުން ފެށިގެން އެސްޓީއޯގެ ދަށުން ހިންގަމުން ދިޔަ ހުރިހާ ބޭސް ފިހާރައެއް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމާއި، ރާއްޖޭގެ ހުރިހާ ފާމަސީއެއްގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. އަދި ކުންފުނީގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ގާއިމުކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބޭސް ވަގުތުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން ރާއްޖެ އިން ނުލިބޭ ބޭސް ރާއްޖެ އިން ބޭރުން ގެނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ ކަމަށް ޚާއްޞަ ހޮޓްލައިނެއްގެ ގޮތުގައި 1505 ނަންބަރުން މިހާރު ވަނީ ޚިދުމަތް ދޭން ފަށައިފައެވެ. ހަމަ އެއާ އެކު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ބޭނުންވާ ބޭހަކަށް އެދެވޭނެ "ސްޓޭޓް ފާރމަރ ޕޯޓަލް" ތައާރަފުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް