ހޮހޮޅައިގެ ދެވަނަ ބެޗްގެ ފޮޓޯތައް ޢާންމުކޮށްފި - ފެންނަނީ ކިލަނބުކަމާއި ހަނިކަން
ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ އެތެރޭގެ ޗެމްބަރުތަކުގެ ފޮޓޯތައް ޑޭން ޔޫރަޕުން ޢާންމުކޮށްފިއެވެ.
މިއީ އެ ޖަމާޢަތުން ޢާންމުކުރި ފޮޓޯތަކުގެ ދެވަނަ ބެޗެވެ. ފުރަތަމަ ބެޗުގައި ހިމެނުނީ ހޮހޮޅައިގެ ދޮރު ކައިރީ ޤުދުރަތީ އައްޔެއް ފެންނަ ހިސާބުގެ ފޮޓޯތަކެވެ. ނަމަވެސް މި ފަހަރު ޢާންމުކުރި ފޮޓޯތަކުން ފެންނަނީ ހޮހޮޅައިގެ މާ ފުނުގައިވާ ހަނި، ބަންދު ސެކްޝަންތަކެވެ. މި ހިސާބުތަކުގައި މުރަކައިގެ ކުނިބުނި ހިލިގެން ވިޒިބިލިޓީ ކުއްލިއަކަށް ގެއްލިދާނެ ކަމަށާއި، މަގު ދެނެގަތުން ވެސް ވަރަށް ދަތި ކަމަށް ޑޭން ޔޫރަޕުން ބުންޏެވެ.
ހޮހޮޅައިގެ އެތެރޭގެ ބައެއް މަންޒަރުތައް - ފޮޓޯ: ސާމީ ޕަކާރިނެން / ޑޭން ޔޫރަޕް
އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމުގެ މިޝަންގައި ރެސްކިއު ޓީމް ޙަރަކާތްތެރިވީ މި ފޮޓޯތަކުން ފެންނަ ފަދަ ދަތި މާހައުލުތަކުގައެވެ.
ހޮހޮޅައިގެ އެތެރޭގެ ބައެއް މަންޒަރުތައް - ފޮޓޯ: ސާމީ ޕަކާރިނެން / ޑޭން ޔޫރަޕް
ފޮޓޯތައް ޙިއްޞާކުރަމުން ޑޭން ޔޫރަޕުން ވަނީ ރެސްކިއު ޓީމަށް ޝުކުރު އަދާކޮށް، މަރުވި ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ހެޔޮ ދުޢާ ކޮށްފައެވެ. އަދި ތަހުގީގު ކުރިއަށްދާ އިރު ކަމާ ބެހޭ އިދާރާތަކާ ގާތުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބުންޏެވެ.