Advertisement

ހޮހޮޅައިގެ ތެރެއިން ނެގި ފުރަތަމަ ފޮޓޯތައް ޢާންމުކޮށްފި

22 May 2026 | 16:42
ޑޭން ޔޫރަޕުން މިއަދު އާންމުކުރި ތިން ގަނޑުން އެއް ގަނޑުފޮޓޯ - ފޮޓޯ: ސާމީ ޕާކަރިނެން / ޑޭން ޔޫރަޕް

ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ ތެރެއިން ފީނައިގެން ނެގި ފުރަތަމަ ފޮޓޯތައް ޑައިވިންގ ރިސާޗް ޖަމާޢަތެއް ކަމަށްވާ ޑޭން ޔޫރަޕުން ޢާންމުކޮށްފިއެވެ.

މި ފޮޓޯތައް ނެގީ ހަށިގަނޑު ނެގުމުގެ މިޝަންގައި ބައިވެރިވި ފިންލެންޑް ރެސްކިއު ޑައިވަރު ސާމީ ޕާކަރިނެން، އެ މިޝަންގެ އެންމެ ފަހު ޑައިވްގައެވެ. ފޮޓޯތަކުން ފެންނަނީ ހޮހޮޅައިގެ ފުރަތަމަ ބައި, ދޮރުން ޤުދުރަތީ އައްޔެއް ފޯރާ ހިސާބުގައި ރެސްކިއު ޓީމް ޙަރަކާތްތެރިވާ މަންޒަރެވެ. މި ހިސާބުން ކުރިއަށް ދާ ވަރަކަށް ހޮހޮޅައިގެ ތެރެ އަނދިރިވެއެވެ.

Advertisement

ޑޭން ޔޫރަޕުން މިއަދު އާންމުކުރި ތިން ގަނޑުން އެއް ގަނޑުފޮޓޯ - ފޮޓޯ: ސާމީ ޕާކަރިނެން / ޑޭން ޔޫރަޕް

ފޮޓޯތައް ޙިއްޞާކުރަމުން ޑޭން ޔޫރަޕުން ބުނީ ރެސްކިއު ޓީމަށް ޝަރަފާއި ޝުކުރު ޙައްޤު ކަމަށާއި، މި ހާދިސާގައި މަރުވި ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ހެޔޮ ދުޢާ ކުރާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު ކަމާ ބެހޭ އިދާރާތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ވެސް ބުންޏެވެ.

ޑޭން ޔޫރަޕުން މިއަދު އާންމުކުރި ތިން ގަނޑުން އެއް ގަނޑުފޮޓޯ - ފޮޓޯ: ސާމީ ޕާކަރިނެން / ޑޭން ޔޫރަޕް

މި ހޮހޮޅައިގެ ތެރެއިން އިޓަލީ ޑައިވަރުން މަރުވެފައި ތިއްބައި ފެނިފައިވާ އިރު، ހޮހޮޅައިގެ ތެރެ މީގެ ކުރިން ދުވަހަކު ވެސް މެޕް ކޮށްފައެއް ނުވެއެވެ. ޑޭން ޔޫރަޕުން ޢާންމުކުރި ފޮޓޯތަކަކީ މި ހޮހޮޅައިގެ ތެރެ ފެންނަ ފުރަތަމަ ތަސްވީރުތަކެވެ.

Advertisement

ކޮމެންޓް
ސިރީ
https://m.youtube.com/watch?v=7ihwCJz_xcA&pp=ygURbWl5YXJ1IGthbmR1IGNhdmU%3D
22 May 2026