Advertisement

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގެވުމަށް ޑރ. މާހިދު ޝަރީފު އައްޔަންކުރައްވައިފި

21 May 2026 | 14:28
ޑރ. މުޙައްމަދު މާހިދު ޝަރީފް - ފޮޓޯ: ސީއޭ މޯލްޑިވްސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޤާއިމުކުރެއްވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ހިންގެވުމަށް، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަޤާމަށް ޑރ. މުޙައްމަދު މާހިދު ޝަރީފު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަޤާމަށް ޑރ. މާހިދު އައްޔަންކުރެއްވީ މެއި 18 ވަނަ ދުވަހު، މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ. ޑރ. މާހިދަކީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ޕަރމަނަންޓް ސެކްރެޓެރީ ކަމާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ސީއީއޯގެ މަޤާމުގައެވެ.

Advertisement

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އަކީ ރައްޔިތުންގެ ޝަކުވާތައް 24 ގަޑިއިރު ބަލައިގަތުމަށް ރައީސް އޮފީހުގައި ޤާއިމުކުރެއްވި އޮފީހެކެވެ. މި ބިއުރޯ ޤާއިމުކުރެއްވުމަށް ނިންމެވިކަން ރައީސް އިޢުލާނުކުރެއްވީ މި އަހަރުގެ ފެބްރުއަރީ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ބިއުރޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކޮށް، ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ޖަވާބު ފޯރުކޮށްދެވޭނެއެވެ. އަދި 24 ގަޑިއިރު ޚިދުމަތް ދޭ ކޯލް ސެންޓަރެއް ވެސް ޤާއިމުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

Advertisement

ކޮމެންޓް