Advertisement

އާސެނަލް ސަޕޯޓަރުންނަށް ޗުއްޓީ ދޭން ބޮސްވާނާ ސަރުކާރުގެ ނަމުގައި ނެރުނު ފޭކް ބަޔާނެއްގެ އަވައިގާ ގިނަ ބަޔަކު ޖެހިއްޖެ

20 May 2026 | 16:00
ބޮސްވާނާގެ ރައީސް -

އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަންކަން 22 އަހަރަށް ފަހު އާސެނަލް އިން ހޯދުމާ ގުޅިގެން، ބޮސްވާނާގެ ރައީސް ޑޫމާ ބޯކޯ ގެ ނަމުގައި އާސެނަލް ސަޕޯޓަރުންނަށް ޕަބްލިކް ހޮލިޑޭއެއް ދިން ކަމަށް ބުނާ ޕްރެސް ރިލީޒެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ނަމަވެސް އެ ބަޔާނަކީ ފޭކް ލިޔުމެކެވެ.

Advertisement

ބޮސްވާނާ ސަރުކާރުގެ "އޮފީސް އޮފް ދަ ޕްރެސިޑެންޓް" ގެ ލެޓާހެޑާއި ރަސްމީ ތައްގަނޑު ޖަހައިގެން ތައްޔާރުކޮށްފައިވާ މި ފޭކް ބަޔާނުގައި ބުނެފައި އޮތީ، 17 މެއި 2026 ގެ ތާރީޚުގައި، އާސެނަލް ލީގު ކާމިޔާބުކުރުން ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހު (20 މެއި) ބޮސްވާނާގެ ހުރިހާ އާސެނަލް ސަޕޯޓަރުން މަސައްކަތުން ދޫކޮށްލުމަށް ހިތްވަރުދޭ ކަމަށެވެ. އަދި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ވެރީން ވެސް އާސެނަލް ސަޕޯޓަރުންނަށް ޗުއްޓީ ދިނުމަށް ގޮވައިލާފައިވެއެވެ. މި ބަޔާނުގެ މައްޗަށް ބޮޑުކޮށް "FAKE" ލިޔެފައި ބޮސްވާނާ ސަރުކާރުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އެއީ ފޭކެއް ކަމަށް ބުނެފައެވެ. 

އާސެނަލް އިން 2025/26 ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ކަށަވަރުވީ ރޭ މެންޗެސްޓާ ސިޓީ ބޯންމައުތާ ދެކޮޅަށް 1-1 އިން އެއްވަރުވެ، ތާވަލުގެ ކުރީގައި އާސެނަލް އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބި، ފަހު މެޗުގެ ކުރީން ތަށި ޔަގީންވުމުންނެވެ. މިއީ 2003/04 ސީޒަނުގައި އާސެން ވެންގާގެ "އިންވިންސިބަލްސް" ޓީމު ލީގު ހޯދި ފަހުން އާސެނަލް އަށް ލީގު ލިބުނު ފުރަތަމަ ފަހަރެވެ.

Advertisement

ކޮމެންޓް