Advertisement

ޑައިވިނުން އަރާގޮތަށް ކަނޑު އަޑީގެ ފޮޓޯއެއް ފޮނުވާނަމޭ ބުނެ ޑައިވިނަށް ގޮސް ދެން ޚަބަރެއް ނުވި: ޖޯޖިއާގެ ލޯބިވެރިޔާ

20 May 2026 | 11:51
-

ވ. އަތޮޅުގެ ކަނޑުއަޑީ ހޮހަޅައެއް ބަލައިލަން ފީނި ފަސް އިޓަލީ ޑައިވަރުން މަރުވި ހާދިސާގައި އެންމެ ހަގު ޑައިވަރު، 20 އަހަރުގެ ޖޯޖިއާ ސޮމަކާލް ޑައިވިނަށް ފީނުމުގެ ކުޑައިރުކޮޅެއް ކުރީން ލޯބިވެރިޔާ އަށް މެސެޖުކުރީ ފެންމައްޗަށް އެރީމާ ފުރަތަމަ ވެސް ކަނޑު އަޑީގެ ފޮޓޯ ފޮނުވާނެ ކަމަށް ބުނެއެވެ. އެ ފޮޓޯތައް ނުލިބުނު ކަމަށް ޖޯޖިއާގެ ލޯބިވެރިޔާ ފެޑެރިކޯ ކޮލޮމްބޯ (26 އ.) އިޓަލީގެ ނޫސްތަކަށް ބުނެފައިވެއެވެ.

"އޭނާ ވަރަށް ފޯރީގައި ހުރީ، އަބަދުވެސް ހުންނަ ގޮތަށް. ބުނީ ފެންމައްޗަށް އެރީމާ އެންމެ ފުރަތަމަ ވެސް ކުރާނެ ކަމަކީ ރާއްޖޭގެ ކަނޑު އަޑީގެ ފޮޓޯ ފޮނުވުމޭ. އެ ފޮޓޯތަކަށް އިންތިޒާރުކުރީން. އެކަމަކު ނައި" ކަމަށް ކޮލޮމްބޯ ބުންޏެވެ.

Advertisement

ގާތްގަނޑަކަށް ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ކޮލޮމްބޯ ބުނީ ޖޯޖިއާ އެނބުރި އަންނަން އޮތީ މި މަހުގެ 24 ވަނަ ދުވަހު، ކޮލޮމްބޯގެ އުފަންދުވަހަށް ކަމަށެވެ. ޖޯޖިއާގެ ބައްޕަ ކާލޯ، ކޮލޮމްބޯ މަސައްކަތްކުރާ ބާ އަށް ގޮސް ޚަބަރު ދިނީ ކަމަށާއި "ވީ ގޮތެއް އަދިވެސް ގަބޫލެއް ނުކުރެވޭ" ކަމަށް ކޮލޮމްބޯ ބުންޏެވެ. ކޮލޮމްބޯ ބުނީ ޖޯޖިއާ އެއީ "އަހަރެންގެ އަންހެނުންނަށް، އަހަރެންގެ ދަރީންގެ މަންމައަށް" ވާނެ މީހާ ކަމަށެވެ. 

މި ހާދިސާގައި ޖޯޖިއާ އާއި އޭނާގެ މަންމަ މޮނިކާގެ އިތުރުން މަރުވީ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީ އާއި މެރީން ބައޮލޮޖިސްޓް ފެޑެރިކޯ ގުއަލްޓީއެރީ އާއި ރިސާޗަރު މިއުރިއެލް އޮޑެނީނޯ އެވެ. މީގެ ތެރެއިން ބެނެޑެޓީގެ ހަށިގަނޑު ހާދިސާ ހިނގި ދުވަހު ހޮހަޅައިގެ އެންމެ ބޭރުން ފެނިފައިވާ އިރު، މޮނިކާ އާއި ގުއަލްޓީއެރީގެ ހަށިގަނޑު ފިންލެންޑުގެ ޑައިވަރުން އިއްޔެ ނެގީ 60 މީޓަރު އަޑީ ހޮހަޅައިގެ ތިން ވަނަ ޗެމްބަރުންނެވެ. ޖޯޖިއާ އާއި މިއުރިއެލްގެ ހަށިގަނޑު މިއަދު ނެގުމަށް ރާވައިފައިވެއެވެ.

Advertisement

ކޮމެންޓް