Advertisement

ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި ދެ މީހަކު މަރުވެއްޖެ

15 May 2026 | 09:16
-

ސްރީ ލަންކާ އަށް ކުރަމުންދާ ބޯ ވިއްސާރައިގައި ދެ މީހުން މަރުވެ، 3،000 އަށް ވުރެ ގިނަ މީހުންނަށް އަސަރު ފޯރައިފައި ވާ ކަމަށް އެ ޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު (ޑީއެމްސީ) އިން ބުނެފިއެވެ.

ޑީއެމްސީ އާ ހަވާލާދީ ނިއުސްވަޔާ އިން ރިޕޯޓު ކޮށްފައި ވާ ގޮތުން، މިއަދު ހެނދުނު 6:00 އާ ހަމައަށް މި ވިއްސާރައިގައި މަރުވި މީހުންގެ ޢަދަދު ވަނީ ދެއަކަށް އަރައިފައެވެ. ދެ ވަނަ މީހާ މަރުވީ، ޖާފްނާގެ ޗަންކަނާއީ ހިސާބުގައެވެ. ފުރަތަމަ މަރު ރިޕޯޓު ކޮށްފައި ވަނީ، ބަޓިކަލޯއާގެ ކޮރަލެ ޕައްތު ދެކުނުން ނެވެ.

Advertisement

މި ވިއްސާރައިގައި ޖުމްލަ އަށް ޑިސްޓްރިކްޓަކުން 113 ޢާއިލާގެ 3،475 މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައި ވާ ކަމަށް ޑީއެމްސީ ބުނެފައި ވެއެވެ. އޭގެ ތެރެއިން 29 ޢާއިލާގެ 104 މީހުން ވަގުތީ ދެ ޝެލްޓަރުގައި ބައިތިއްބާފައި ވާ ކަމަށާއި، 88 ގެ އަށް ގެއްލުން ލިބިފައި ވާ ކަމަށް ވެސް ޑީއެމްސީ އިން ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް