Advertisement

ފައިސާ ހަމަކޮށްދީފައި ނިޔާވި ދަރިފުޅުގެ ވަސިއްޔަތަކަށްވީ މަންމަ ޙައްޖަށް ފޮނުވުން - ޢާއިލާއިން އެ ފުރިހަމަކޮށްދިނީ އެ ވަސިއްޔަތް

10 May 2026 | 11:37
ހަލީކާ ޕަލެއްޗެންގް

އިންޑޮނީޝިޔާގެ ދެކުނު ސުލާވެސީގެ ސޮޕެންގް އަށް ނިސްބަތްވާ 83 އަހަރުގެ ހަލީކާ ޕަލެއްޗެންގް، ނިޔާވި ދަރިފުޅުގެ ވަސިއްޔަތާ އެއްގޮތަށް ޢާއިލާގެ އެހީތެރިކަމާ އެކު ޙައްޖުގެ އަޅުކަން އަދާކުރުމަށް އެކަނި މައްކާ އަށް ދަތުރުކޮށްފިއެވެ.

ކަރަންފޫ ދަނޑުވެރިޔެއްގެ ގޮތުގައި ފިރިކަލުންނާ އެކު މަސައްކަތް ކުރި ހަލީކާ ޙައްޖަށް ފައިސާ ރައްކާކުރަން ފެށީ އުމުރުން 35 އަހަރުގައެވެ. ދަނޑުގެ އާމްދަނީ އިން ކުޑަ ކުޑަ މިންވަރެއް ރައްކާކުރަމުން ގޮސް 2014 ގައި ޙައްޖަށް ރަޖިސްޓްރީ ކުރީއެވެ. ނަމަވެސް ފައިސާ އެއްކޮށް ހަމަނުވެ ހުއްޓައި، ހަތަރު ދަރީންގެ ތެރެއިން އެއް ދަރިފުޅު ބާކީ ހުރި މިންވަރު ހަމަކޮށްދިނީއެވެ.

Advertisement

ހިތާމައަކީ އެ ދަރިފުޅު ނިޔާވީ މަންމަ ފުރާ ދުވަސް ނުފެނިއެވެ. ނަމަވެސް ނިޔާވުމުގެ ކުރިން ޢާއިލާ އަށް ކުރީ އެންމެ ވަސިއްޔަތެކެވެ — މަންމަ ޙައްޖަށް ފޮނުވާށެވެ. "ދަރިފުޅު ފައިސާ ރައްކާކޮށްދިނީ. ދަރިފުޅު ނިޔާވީ ނަމަވެސް ވަސިއްޔަތް ކުރީ މަންމަ ޙައްޖަށް ފޮނުވާށޭ" ކަމަށް ހަލީކާ ލޮލުން ކަރުނަ އައިސް ހުރެ ކިޔައިދިނެވެ. ދަނބިދަރިފުޅާއި ބާކީ ޢާއިލާ އެ ވަސިއްޔަތް ފުއްދައިދިނީއެވެ.

12 އަހަރު ވެއިޓް ލިސްޓުގައި ހުރުމަށް ފަހު ހަލީކާ އަށް ޖާގަ ލިބުނީ މި އަހަރުއެވެ. އެޕްރީލް 21 ގައި މެކައްސާރުގެ ޙާޖީ ކޭމްޕުން ފުރީ ޢާއިލާ މީހެއް ނެތި އެކަންޏެވެ. "އެކަނި ފުރީ، އެއްވެސް މީހެއް ނެތް ގާތުގައި" ކަމަށް ހަލީކާ ބުންޏެވެ. ނަމަވެސް ހިތުގައި ގެންދިޔައީ ނިޔާވި ދަރިފުޅުގެ ހަނދާނާއި ދުޢާއެވެ. ހަލީކާ އަކީ މެކައްސާރުގެ ފުރަތަމަ ބުރުގެ 387 ޙާޖީންގެ ތެރެއިން އެންމެ ދޮށީ ޙާޖީއެވެ.

Advertisement

ކޮމެންޓް