Advertisement

ސަނީ ލިއޯނީ ރާއްޖޭގައި

09 May 2026 | 09:31
ސަނީ އޭނާގެ ދަރީންނާއެކު -

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯނީ ޢާއިލާ އާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެއެވެ.

ސަނީ ލިއޯނީ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި ފަހަރު އޭނާ ހުރީ ރ. އަތޮޅުގައި ހިންގާ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ދަ ސްޓޭންޑަޑް މޯލްޑިވްސް ގައެވެ.

Advertisement

މިއީ ސަނީ ލިއޯނީ ރާއްޖެ އައި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން 2022 އާއި 2023 ގައި ވެސް ޗުއްޓީ ހޭދަކޮށްފައިވެއެވެ. 2023 ވަނަ އަހަރު ބްރެނިއާ ކޮއްޓެފަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި ވ. އަތޮޅުގެ ނޫ މޯލްޑިވްސް ކުނާވަށީގައި ފިރިމީހާ ޑެނިއެލް ވެބާ އާ އެކު ކައިވެންޏަށް 13 އަހަރު ފުރުން ފާހަގަކޮށް ކައިވެނީގެ ހުވާ އާ ކުރިއެވެ.

ކެނެޑާ އަށް އުފަން އިންޑިއާ ދަރިކޮޅުގެ ސަނީ ލިއޯނީ އަކީ 2012 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ފަހުން ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. ސަނީ ލިއޯނީ އާއި ޑެނިއެލް ވެބާގެ ތިން ދަރިން ކަމަށްވާ ނިޝާ، ނޯއާ އަދި އެޝާ ވެސް މި ދަތުރުގައި ހިމެނޭ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް