Advertisement

ޙައްޖު 1447: ދިވެހި ޙައްޖު މިޝަންގެ މެންބަރުން ފުރައިފި

04 May 2026 | 19:40
ދިވެހި ޙައްޖު މިޝަންގެ މެންބަރުން އެއާޕޯޓުގައި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

1447 ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ދިވެހި ޙައްޖުވެރީންގެ ކަންކަން ބެލެހެއްޓުމަށް ޓަކައި ދިވެހި ޙައްޖު މިޝަންގެ މެންބަރުން މައްކާ އަށް ފުރައިވަޑައިގެންފިއެވެ.

ދިވެހި ޙައްޖުވެރީންގެ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ޙައްޖު މިޝަނުގެ ވެރިޔަކަށް ހުންނަވާނީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. މިޝަނުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި ޙައްޖު ކޯޕަރޭޝަން ތަމްސީލުކުރައްވާ ބޭފުޅުން، ދީނީ ޢިލްމުވެރީން އަދި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބޭފުޅެއް ހިމެނިވަޑައިގަންނަވައެވެ.

Advertisement

ޙައްޖު މިޝަންގެ މައިގަނޑު މަސައްކަތަކީ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖެ އިން ވަޑައިގަންނަވާ ޙައްޖުވެރީންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ދިމާވާ ދަތި ކަންކަން ހައްލުކޮށްދިނުމެވެ. އެ މަސައްކަތުގައި ސައުދީ ޢަރަބިއާގެ ޙައްޖާއި ޢުމްރާ ވުޒާރާ އަދި ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން މިޝަނުން ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާނެއެވެ.

ދިވެހި ޙައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ޙައްޖުވެރީންނާ ގުޅޭ ހުރިހާ އިންތިޒާމުތައް މިހާރު ފުރިހަމަކޮށްފައިވާ ކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވަނީ ފާހަގަކޮށްފައެވެ. މި އަހަރު ރާއްޖެ އިން 1,000 ޙައްޖުވެރީން ޙައްޖަށް ވަޑައިގަންނަވާ އިރު، 500 ޙައްޖުވެރީން ދަތުރުކުރައްވާނީ މޯލްޑިވިއަންގައެވެ. ބާކީ 500 ޙައްޖުވެރީން ދަތުރުކުރައްވާނީ ސައުދިއާ އެއާލައިންސްގައެވެ.

Advertisement

ކޮމެންޓް