Advertisement

ލަންކާގައި ރާއްޖޭގެ ހައި ކޮމިޝަނަށް ބިމެއް، ރާއްޖެއިން ވެސް ލަންކާއަށް ބިމެއް

04 May 2026 | 13:41
ރައީސް މުޢިއްޒުގެ ލަންކާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ހައި ކޮމިޝަންތަކަށް ބިން ކަނޑައެޅުމުގެ ނިންމުމެއް މިއަދު އިޢުލާނުކޮށްފިއެވެ.

އެ ގޮތުން ސްރީލަންކާ ސަރުކާރުން ވަނީ ކޮލަމްބޯއިން ރާއްޖޭގެ ހައި ކޮމިޝަންގެ އޮފީހަށް ބިމެއް ކަނޑައަޅައިދީފައެވެ. އަދި ރާއްޖެއިން ވެސް ވަނީ ސްރީލަންކާގެ ހައި ކޮމިޝަނަށް ބިމެއް ކަނޑައަޅައިދީފައެވެ.

Advertisement

މި ނިންމުން އިޢުލާނުކުރެއްވީ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި ބައިލެޓެރަލް މަޝްވަރާތަކަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙަތާއި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް ހަތް ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

Advertisement

ކޮމެންޓް