Advertisement

ޙައްޖު ގަވާއިދާ ޚިލާފުވާނަމަ 20 ހާސް ރިޔާލުގެ ޖޫރިމަނާއެއް - ޑީޕޯޓްކޮށް 10 އަހަރަށް ބްލެކްލިސްޓް

03 May 2026 | 17:09
-

ޙައްޖު ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު 20,000 ސައުދީ ރިޔާލާގެ ޖޫރިމަނާއެއް ކުރުމާ އެކު 10 އަހަރު ދުވަހަށް ސައުދީ ޢަރަބިއާ އަށް އެތެރެވުން މަނާކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސައުދީގެ ދާޚިލީ ވުޒާރާ އިން ބުނީ މި ފިޔަވަޅުތައް ތަންފީޒު ކުރާނީ ޛުލްޤައިދާ މަހުގެ އެއް ވަނަ ދުވަސް ކަމަށްވާ އެޕްރީލް 18 އިން ޛުލްޙިއްޖާ މަހުގެ 14 ވަނަ ދުވަސް ކަމަށްވާ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

Advertisement

ޙައްޖުގެ ހުއްދައެއް ނެތި ޙައްޖު ކުރާ ނުވަތަ ޙައްޖު ކުރަން މަސައްކަތްކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވުޒާރާ އިން ބުނެއެވެ. އެ ފަދަ ކަމެއް ކުރާ ބިދޭސީންނަށް ވަކި ޚާއްޞަ ފިޔަވަޅެއް އެޅޭނެއެވެ. އެއީ އެ ފަރާތްތައް އެ މީހެއްގެ ޤައުމަށް ޑީޕޯޓްކޮށް، 10 އަހަރު ދުވަހަށް ސައުދީ ޢަރަބިއާ އަށް އަލުން އެތެރެވުން މަނާކުރުމެވެ.

ވުޒާރާ އިން ވަނީ ޙައްޖުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ހުރިހާ ރައްޔިތުންނާއި ބިދޭސީން ޙައްޖުގެ ގަވާއިދުތަކަށް ފުރިހަމަ އަށް ބޯލަނބައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައިފައެވެ. ގަވާއިދާ ޚިލާފު ކަމެއް ފެނިއްޖެ ނަމަ މައްކާ، މަދީނާ، ރިޔާޛް އަދި އީސްޓާން ޕްރޮވިންސް ސަރަހައްދުތަކުން 911 އަށް، އެ ނޫން ސަރަހައްދުތަކުން 999 އަށް ގުޅައި ރިޕޯޓްކުރުމަށް ވެސް އެދިފައިވެއެވެ.

Advertisement

ކޮމެންޓް