Advertisement

ނޫސްވެރިންގެ ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދޭނަން: ރައީސް

03 May 2026 | 04:43
ރައީސްގެ ހަފުތާ ޕްރެސް އެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހައި ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ނޫސްވެރިންނަށް ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށް ބޭއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މީޑިއާއަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވަކިވެފައިވާ ބާރުތައް ގުޅުވައިދޭ "ހަތަރުވަނަ ބާރު" ކަމަށާއި، ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރު އަދާކުރާ ބާރު ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ، މީޑިއާތަކަށް ދުވަހަކު ވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދެމުން ގެންދާ ކަމަށެވެ. އެ ގޮތުން ދިވެހި މީޑިއާތައް ހިންގާނެ މީޑިއާ ވިލެޖެއް ތަރައްޤީކުރުމާއި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން މީޑިއާތަކަށް ދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީޑިއާ ވިލެޖް ދާދި އަވަހަށް ހުޅުވި، އެ ތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، ނޫސްވެރިކަމަކީ ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭ ދާއިރާއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމު ކަމަށެވެ.

ރައީސް ވަނީ ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މެރުމާއި އެކިއެކި އަދަބުތައް ދެމުންދާތީ އެކަން ކުށްވެރިކުރައްވައި، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވައިފައެވެ. އަދި ޑީޕް ފޭކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް ދޮގު މަޢުލޫމާތު ފެތުރުމާ މެދު ރައްކާތެރިވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

Advertisement

ކޮމެންޓް