Advertisement

ޙައްޖު ހުއްދައާ ނުލައި މައްކާ އަށް ވަންނަން އުޅުނު ހަ މީހަކު ހިފަހައްޓައިފި

29 Apr 2026 | 08:47
-

ޙައްޖު ހުއްދައެއް ނެތި މައްކާ އަށް ވަދެ މަޑުކުރަން އުޅުނު ޕާކިސްތާނުގެ ހަ ރައްޔިތަކު ޙައްޖު ސެކިއުރިޓީ ފޯސް އިން ހިފަހައްޓައިފިއެވެ.

އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ޙައްޖު ގަވާއިދާ ޚިލާފަށް އެއް ޤައުމެއްގެ ފަސް މީހަކު އުޅަނދެއްގައި އުފުލައިގެން މައްކާ އަށް ވައްދަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. ހަ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަހު ޕަބްލިކް ޕްރޮސިކިއުޝަނަށް ވަނީ ފޮނުވައިފައެވެ.

Advertisement

ސައުދީ ޢަރަބިއާގެ ޢާންމު ސަލާމަތާ ބެހޭ އިދާރާ އިން ވަނީ 2026 ވަނަ އަހަރުގެ ޙައްޖު ސީޒަނުގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުން ބޯލެނބުމަށް ގޮވާލައިފައެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ، އެ ފަދަ ފަރާތްތައް ރިޕޯޓްކުރުމަށް މައްކާ، ރިޔާޛް އަދި މަދީނާ ސަރަހައްދުތަކުން 911 އަށް ގުޅުމަށް ވެސް އެދިފައިވެއެވެ.

ޙައްޖު ހުއްދައެއް ނެތި މައްކާ އަށް ވަންނަ ފަރާތްތަކާ މެދު ސައުދީ ޢަރަބިއާ އިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ޑީޕޯޓްކުރުމާއި 10 އަހަރު ދުވަހަށް ސައުދީ ޢަރަބިއާ އަށް އެތެރެވުން މަނާކުރުން ހިމެނެއެވެ.

Advertisement

ކޮމެންޓް