Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

23 Apr 2026 | 14:24
އއ. އުކުޅަސް / ބަނަފްސާގެ، އިޝާން ޙަސަން (45އ)

އއ. އުކުޅަހުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. އުކުޅަސް ބަނަފްސާގެ، އުމުރުން 45 އަހަރުގެ އިޝާން ޙަސަނެވެ. އޭނާ ހައްޔަރުކުރީ ޑްރަގް ކޯޓަށް ހާޒިރުކުރުމަށްޓަކައި ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ފުލުހުން ހިންގި ހަރަކާތެއްގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 45 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Advertisement

އިޝާން ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް