Advertisement

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

18 Apr 2026 | 09:59
މާލެ ޓެކްސީ /ފޮޓޯ: އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ރަސްމީ ވެބްސައިޓް ލޯންޗުކޮށް، އެ ޚިދުމަތުގެ ދަތުރުތަކަށް ފައިސާ ނަގަން މިހާރު ވަނީ ފަށާފައެވެ.

އެމްޓީސީސީން ރޭ ދަންވަރު އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށްފައިވާއިރު، މި އައު ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހައިން ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ. އެ ކުންފުނިން ބުނި ގޮތުގައި، މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ބޭނުންކޮށްގެން ދަތުރުތަކަށް ބުކިން ހެދުމާއި ފައިސާ ދެއްކުމުގެ ކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެއެވެ.

Advertisement

މި ޚިދުމަތް ހޯދުމަށް http://mtl.mtcc.mv އަށް ޒިޔާރަތްކޮށް، ވެބްސައިޓުގައިވާ މަގުދެއްކުންތަކާ އެއްގޮތަށް އަމަލުކުރުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެއެވެ.

ވެބްސައިޓުގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީގެ ޚިދުމަތަށް އެދެވޭނެއެވެ. ސަރުކާރުން މި ޓެކްސީ ލައިން ތައާރަފުކުރީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް އިތުބާރު ހުރި އަދި ހަލުވި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ.

Advertisement

ކޮމެންޓް