Advertisement

އުރީދޫ ލިވްއަންލިމިޓެޑް ކެމްޕެއިނުން 18 ވަނަ އުމްރާ ދަތުރު ހިތަދޫ މީހަކަށް

16 Apr 2026 | 12:28
-

އުރީދޫ މޯލްޑިވްސްގެ ލިވްއަންލިމިޓެޑް އެނިވާސަރީ ކެމްޕެއިނުން ދޭ 18 ވަނަ އުމްރާ ދަތުރު ސ. ހިތަދޫ، އަމްސަދު ނަޖުމީ ކާމިޔާބުކޮށްފިއެވެ.

އުރީދޫން ބުނީ މި ކެމްޕެއިނުގެ ދަށުން ހޮވޭ ނަސީބުވެރިންނަށް ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް އުމްރާ ދަތުރެއް ލިބޭ ކަމަށެވެ. އަމްސަދު ނަޖުމީގެ ބަދަލުގައި އިނާމާ ހަވާލުވީ އިޤުބާލް ޢަލީއެވެ.

Advertisement

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި ބިލް ޕޭމަންޓް ނުވަތަ އެޑް-އޮންތަކަށް 250 ރުފިޔާއަށް ވުރެ އިތުރަށް ޚަރަދުކޮށް، ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ކޯލް ނުވަތަ ޑޭޓާ ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ.

Advertisement

ކޮމެންޓް