Advertisement

ސްކޫލު ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެ

15 Apr 2026 | 18:54
-

މާލޭން ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ގްރޭޑު 11 ގައި ކިޔަވަމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

 މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާގެ ބަނޑަށް މިހާރު ގާތްގަނޑަކަށް އަށް މަސް ވެފައިވެއެވެ. އަދި އެ ކުއްޖާ މިދިޔަ ހަފުތާގައި ވެސް ސްކޫލަށް ދިޔަ ކަމަށް ވެއެވެ.

Advertisement

އެ ކުއްޖާ ބަލިވެއިންކަން ކަށަވަރުވުމާ އެކު، އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށާއި ފުލުހުންނަށް ރަސްމީކޮށް ރިޕޯޓްކޮށްފައިވެއެވެ. އަދި ސްކޫލަށް އެ މައުލޫމާތު ލިބުމާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ކުއްޖަކަށް ޖިންސީ އަނިޔާއެއް ނުވަތަ އިހުމާލެއް ވާ ކަމަށް ޝައްކު ކުރެވޭ ނަމަ އެކަން ފުލުހުންނަށް ނުވަތަ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް އެންގުމަކީ ކޮންމެ މީހަކަށް މެ ލާޒިމު ކަމެކެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 18 އަހަރުން ދަށުގެ ކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމަކީ، ކުއްޖާގެ ރުހުން އޮތް ކަމުގައި ވިޔަސް، ކުށެކެވެ.

Advertisement

ކޮމެންޓް