Advertisement

ފުލުހުންގެ ބަންދުގައި ހުރި މީހަކު ގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެ

15 Apr 2026 | 18:29
-

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

ނިޔާވެފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފައެވެ.

Advertisement

ކޮމެންޓް