ކުޅުދުއްފުށިން ގެއްލުނު މީހާ ފެނުނުއިރު އޮތީ ނިޔާވެފައި
ކުޅުދުއްފުށީ ސިޓީގެ އުތުރު ފަރާތަށް މޫދަށް އެރުނު 58 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ ބަޑިފަސްގަނޑުގެ، ސުލައިމާން ޙުސައިންނެވެ. އޭނާ މޫދަށް އެރި އުޅެނިކޮށް ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ސުލައިމާން ޙުސައިން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.
ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ސުލައިމާން ޙުސައިންއަކީ ސިއްޙީ ޙާލަތަކަށް ފަރުވާ ހޯދުމުގެ ގޮތުން ކަސްރަތަށް ކޮންމެ ދުވަހަކު ވެސް ހެނދުނު މޫދަށް ގޮސް އުޅޭ މީހެކެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއްނުކުރައްވައެވެ.