Advertisement

ކުޅުދުއްފުށިން ގެއްލުނު މީހަކު މޫދު އަޑިން ފެނިއްޖެ

15 Apr 2026 | 16:28
-

ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު އެ ސިޓީގެ ބޮޑަވަކިވާ ބީޗް މޫދު އަޑިން ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާ ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 13:48 ހާއިރުއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް މިއަދު ހަވީރު 15:00 ހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން އެ މީހާ ވަނީ ފެނިފައެވެ.

Advertisement

އެ މީހާ މިހާރު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލު އަދި ކަމާބެހޭ ފަރާތްތަކުން ހާމައެއްނުކުރެއެވެ. 

Advertisement

ކޮމެންޓް