Advertisement

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި

15 Apr 2026 | 11:40
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ކުރީގެ މިނިސްޓަރު އާދަމް ޝަރީފާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ބައިވެރިވަނީ /ފޮޓޯ: ލޯކަލް ގަވަމެންޓް މިނިސްޓްރީ

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ މަގުސަދުގައި އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އުވާލައިފިއެވެ. 

ކެބިނެޓުގައި ތިއްބެވި 20 ވަޒީރުންގެ ތެރެއިން 10 ބޭފުޅަކު އިއްޔެ މަގާމުން ވަކިވެވަޑައިގެންފައިވާއިރު، އޭގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އާދަމް ވެސް ހިމެނިވަޑައިގަންނަވައެވެ.

Advertisement

ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލުމާ ގުޅިގެން، އެ މިނިސްޓްރީން ކުރަމުންދިޔަ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓްގެ ދަށަށް ބަދަލުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މިނިސްޓްރީ އުފެއްދުމުގެ ކުރިންވެސް އެ މަސައްކަތްތައް ބަލަހައްޓަމުން ދިޔައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

ކައުންސިލްތަކުގެ ކަންކަން ބެލެހެއްޓުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އޮއްވައި، ވަކި މިނިސްޓްރީއެއް އުފެއްދުމާ ގުޅިގެން އޭރު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވެއެވެ.

Advertisement

ކޮމެންޓް
އިން
ކޮބާހޭ އެގްރިކަލްޗަރ އަށް ޥައްދާފަ މިތިބާ ބޭކާރު ޕޮލިޓިކަލް މަގާމުތައް. ކެރިގެން މިބަޔަށް ގޮތެއްހަދާބަލަ. އިހަވަންދޫ މަންޖެ ލޮލަށް ނުފެނި 5 މަސްވެސް ވޭ
15 Apr 2026