Advertisement

ރާއްޖެއަށް އެތެރެ ވެވެނީވެސް 10 ހާސް ޑޮލަރު ދައްކައިގެން ކަމަށްބުނެ ނައިޖީރިޔާގެ ނުފޫޒަރަކު ފޮނި ވާހަކަތަކެއް ދައްކައިފި

15 Apr 2026 | 10:29
ޕެލާ އާއި އޭނާގެ ލޯބިވެރިޔާ ޖަދުރޮލީތާ

ރާއްޖެއަށް އެތެރެވެވެނީ ބޯޑަރު ސަރަހައްދުން 10,000 ޑޮލަރު ދައްކައިގެން ކަމަށާއި ނައިޖީރިޔާގެ އާންމު ރައްޔިތުންނަށް އެ ވަރު ނުކުރެވޭނެ ކަމަށް ބުނެ، ނައިޖީރިޔާގެ މަޝްހޫރު ސޯޝަލް މީޑިއާ ޝަޚުސިއްޔަތެއް ކަމަށްވާ ޕެލާ ފޮނި ވާހަކަތަކެއް ދައްކައިފިއެވެ.

ޕެލާ ބުނެފައިވާ ގޮތުގައި، ދާދި ފަހުން ރާއްޖެއަށް ކުރި ދަތުރަށް ގާތްގަނޑަކަށް 30 މިލިއަން ނައިޖީރިއަން ނައިރާ ޚަރަދުވިއެވެ. އެ ޚަރަދުތަކުގެ ތެރޭގައި ފްލައިޓާއި ހުރުމާއި ޕްރީމިއަމް ޚިދުމަތްތައް ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

Advertisement

"އަހަރެން ރާއްޖެ ދަތުރަށް 30 މިލިއަން ނައިރާ ޚަރަދުކުރީމު. އެކަމަކު ރާއްޖެ އެތެރެވާން ބޯޑަރުގައި 10,000 ޑޮލަރު ކޭޝް ދައްކަން ޖެހުނު،" ޕެލާ ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވެއެވެ. ބައެއް ފަރާތްތަކުން ޕެލާ ދެއްކި ވާހަކަތަކުގެ ތެދުކަމާ މެދު ސުވާލު އުފެއްދިއިރު، އަނެއް ބައި ފަރާތްތަކުން ރާއްޖެ ފަދަ ލަގްޒަރީ މަންޒިލްތަކަށް ދަތުރުކުރުމުގެ ބޮޑު ޚަރަދާ ގުޅޭ ގޮތުން ޚިޔާލު ފާޅުކޮށްފައިވެއެވެ. ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިސްޓް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ޗުއްޓީ ހޭދަކޮށްލުމަށް ޕެލާ ރާއްޖެ އައިސް އުޅެނީ އޭނާގެ ލޯބިވެރިޔާ ޖަދުރޮލީތާވެސް ގޮވައިގެންނެވެ. 

Advertisement

ކޮމެންޓް