Advertisement

އިސްރާއީލު ސިފައިން ބޭލުމަށް މަސައްކަތް ކުރާ ކަމަށް ބޮޑުވަޒީރު ސަލާމް ވިދާޅުވެއްޖެ

13 Apr 2026 | 15:44
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް

ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް، އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓުވައި އިސްރާއީލު ސިފައިން ލުބުނާނުން ބޭލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެއްޖެއެވެ.

"މި ހަނގުރާމަ ހުއްޓުވައި، އަޅުގަނޑުމެންގެ ހުރިހާ ބިމަކުން އިސްރާއީލު ސިފައިން ބޭލުމަށް މަސައްކަތް ކުރިއަށް ގެންދާނަން،" ސަލާމް ޓީވީ ޚިޠާބެއްގައި ވިދާޅުވިއެވެ. އަންގާރަ ދުވަހު ވޮޝިންގްޓަނުގައި ލުބުނާނާއި އިސްރާއީލު އަދި އެމެރިކާގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ބާއްވަން ވަނީ ހަމަޖެހިފައެވެ.

Advertisement

އެހެންނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ ދެކުނު ލުބުނާނުގައި ހަނގުރާމަ ކުރިއަށް ދާނެ ކަމަށާއި "އަދި ކުރަން ޖެހޭ ކަންކަން އެބަހުރި" ކަމަށެވެ. ލުބުނާނުގެ ދައުލަތުގެ ނޫސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި ދެކުނުގެ އެތައް ސަރަހައްދަކަށް އިސްރާއީލުން ހަމަލާ ދީފައިވެއެވެ.

ލުބުނާނުގެ ރެޑް ކްރޮސް އިން ބުނީ އިންސާނީ އެހީގެ މިޝަނެއްގައި ހަރަކާތްތެރިވަނިކޮށް އިސްރާއީލުގެ ޑްރޯނަކުން ސީދާ ހަމަލާދީ ޕެރަމެޑިކެއް މަރާލާފައިވާ ކަމަށެވެ. ޞިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކުރި ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 2،050 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި 165 ކުޑަކުދިންނާއި 80 އަށް ވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

Advertisement

ކޮމެންޓް
އާދަމް
މީނާއަކީ އިޒްރާއީލުގެ ގޮނޑި ކުއްޖެއް މީނައަށް ކުރެވޭނީ ކޮންކަމެއް އިސްރާއީލު މިހުރާކަމެއްހިންގަނީ މީނަގެ ފުރިހަމަ ރުހުމާއެކު މީނާވެރިކަމަށް ގެނައީ ވެސް އިޒުރޭލުން
13 Apr 2026