Advertisement

ބްރިޓްނީ ސްޕިއާޒް މަސްތުވާތަކެއްޗަށް އެޑިކްޓްވެ އަމިއްލައަށް ފަރުވާ ހޯދަން ފަށައިފި

13 Apr 2026 | 15:24
ބްރިޓްނީ -

މަޝްހޫރު އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާޒް، ޑީޔޫއައި ތުހުމަތުގައި ހައްޔަރުކުރިތާ މަހެއްހާ ދުވަސް ފަހުން، އަމިއްލައަށް މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒަކަށް ވަދެއްޖެއެވެ.

އުމުރުން 44 އަހަރުގެ ސްޕިއާޒްގެ ތަރުޖަމާނު އާދީއްތަ ދުވަހު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ފޮނުވި އީމެއިލެއްގައި ބުނީ، ސްޕިއާޒް އަމިއްލަ އިޚްތިޔާރުގައި ފަރުވާ ހޯދަން ފެށީ ކަމަށެވެ.

Advertisement

މާޗް ފަހެއްގައި ކެލިފޯނިއާ ހައިވޭ ޕެޓްރޯލުން ބުނީ، ލޮސް އެންޖެލީސް ކައުންޓީއާ ކައިރީގައި ވެންޗޫރާ ކައުންޓީގެ ޔޫއެސް 101 ހައިވޭގައި ބީއެމްޑަބްލިއުއެއް ނުރައްކާތެރިކޮށް ބާރަށް ދުއްވާ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ. ސޮބްރައިޓީ ޓެސްޓްތަކެއް ހެދުމަށް ފަހު، ބަނގުރަލާއި މަސްތުވާތަކެތީގެ އަސަރުގައި ހުރެ ދުއްވި ކަމުގެ ތުހުމަތުގައި ސްޕިއާޒް ހައްޔަރުކުރިއެވެ. ޖަލަށް ގެންދިއުމަށް ފަހު ގަޑިތަކެއް ތެރޭ ދޫކޮށްލިއެވެ.

މާޗް 23 ގައި މި މައްސަލަ ވެންޗޫރާ ކައުންޓީ ޑިސްޓްރިކްޓް އެޓާނީ އޮފީހާ ހަވާލުކޮށްފައިވާއިރު، މެއި ހަތަރެއްގެ ކުރިން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެއެވެ. ސްޕިއާޒްގެ ތަރުޖަމާނު އެ ދުވަހު ބުނީ، ސްޕިއާޒްގެ އެ ޢަމަލަކީ "އެއްވެސް ގޮތަކުން ދިފާޢު ނުކުރެވޭނެ" ޢަމަލެއް ކަމަށާއި، "ބްރިޓްނީގެ ދިރިއުޅުމަށް ވަރަށް ކުރީއްސުރެ އަންނަންޖެހޭ ބަދަލެއްގެ ފެށުމަކަށް" މިކަން ވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ސްޕިއާޒް ވަނީ ގާތްގަނޑަކަށް އަށެއް އަހަރު ވަންދެން ޓުއާއެއް ނުކޮށް، ގާތްގަނޑަކަށް 10 އަހަރު ވަންދެން އެލްބަމެއް ނެރެފައެއް ނުވެއެވެ. ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ކޮންޒަވޭޓާޝިޕް 2021 ގައި ކޯޓު އަމުރަކުން ނިމުމަކަށް ގެނައި އިރު، 2023 ގައި ސްޕިއާޒް ވަނީ "ދަ ވުމަން އިން މީ" ގެ ނަމުގައި ވަރަށް ކާމިޔާބު ހަޔާތުގެ ވާހަކައެއް ޝާއިޢުކޮށްފައެވެ.

Advertisement

ކޮމެންޓް