އެމް.އެން.ޔޫ. ފަހި ފުރުސަތު ޖޮބް ފެސްޓިވަލް ޖޫން މަހު ބާއްވަނީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން "އެމް.އެން.ޔޫ. ފަހި ފުރުސަތު" ގެ ނަމުގައި ޖޮބް ފެސްޓިވަލެއް މި އަންނަ ޖޫން މަހުގެ ތިނަކުން، ފަހަކަށް ބާއްވަން ހަމަޖައްސައިފިއެވެ.
ޤައުމީ ޔުނިވަރސިޓީން މައުލޫމާތު ދޭ ގޮތުން މި ފެސްޓިވަލް ކުރިއަށް ދާނީ އެ ދެ ދުވަހުގެ ހަވީރު 16:00 ން 22:00 އަށް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. މާލެ ކެމްޕަހުގެ އިތުރުން އެމް.އެން.ޔޫ.ގެ އަތޮޅު ކެމްޕަސްތަކުގައި ވެސް މި ފެސްޓިވަލް ބާއްވަން ވަނީ ހަމަޖެހިފައެވެ. ދަސްވެނިވާ ދަރިވަރުންނާއި އާންމުންނަށް ހިލޭ ވަދެވޭ މި ފެސްޓިވަލް ކުރިއަށް ގެންދަނީ "ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން" މި ޝިޢާރުގެ ދަށުންނެވެ.
ޔުނިވަރސިޓީން ބުނީ މިއީ ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިލަދޭ މައުރަޒެއް ކަމަށެވެ. މި ފެސްޓިވަލްގެ މަޤުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތައް އާންމުންނަށް ދައްކައިލެވޭނެ މާޙައުލެއް ޤާއިމުކޮށްދީ، ސިނާއީ ދާއިރާތަކަށް ހުނަރުވެރިން ބިނާކުރުމަށް ޝައުޤުވެރިކަން އުފެއްދުން ކަމަށް ވެސް އެ ޔުނިވަރސިޓީން ބުންޏެވެ.
2025 ވަނަ އަހަރު ބޭއްވި ފެސްޓިވަލްގައި ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ. މި ފަހަރުގެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ކުންފުނިތަކާއި މުއައްސަސާތަކުން 18 އެޕްރީލް 2026 ގެ ކުރިން ފޯމު ހުށަހެޅުމަށް ޔުނިވަރސިޓީން ވަނީ އެދިފައެވެ.