Advertisement

އަހަރެމެންގެ މި ޖީލު: ސްކްރީނަށް ގެއްލި، ނިދިން މަޙްރޫމުވެފައިވާ ޖީލެއް

12 Apr 2026 | 23:41
-

ޒަމާނީ ދިރިއުޅުމުގެ ބިޒީ ރޫޓީނުގައި ނިދި ވެފައި ވަނީ ގިނަ ބަޔަކަށް ލިބުން ދަތި ލަގްޒަރީއަކަށެވެ. ދަންވަރާ ހަމައަށް ހޭލާ ތިބުމާއި، ފަތިހާ ތެދުވުމާއި، ސްކްރީނާ ދުރު ނުވެވުމުގެ ސަބަބުން ނިދީގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމީ ގިނަ ބަޔަކު ގަބޫލުކުރާ ހަޤީޤަތެކެވެ.

ރޭގަނޑު ވަނީ ސްކްރީނުގެ ވަގުތަކަށް

ޓިކްޓޮކާއި ނެޓްފްލިކްސް ފަދަ ޕްލެޓްފޯމްތަކުގައި ވަގުތު ހޭދަކުރުމުގެ ސަބަބުން ނިދާ ގަޑި ލަސްވުމަކީ ޒުވާނުންގެ މެދުގައި ޢާންމުވެފައިވާ ކަމެކެވެ. ގިނަ ޒުވާނުންނަށް ރޭގަނޑު ވެފައި ވަނީ އަމިއްލަ ވަގުތުކޮޅެއް ލިބޭ ހަމައެކަނި ދަނޑިވަޅަށެވެ.

ދިރާސާތައް ބުނަނީ ކީކޭ؟

ފްރޮންޓިއާޒް އިން ސައިކޭޓްރީ ޖާނަލްގައި 2025 ވަނަ އަހަރު ޝާއިޢުކުރި މެޓާ-އެނަލިސިސް ދިރާސާއަކުން ދައްކާ ގޮތުގައި، 548,000 އަށް ވުރެ ގިނަ މީހުން ހިމެނޭ 21 ދިރާސާ ދައްކާ ގޮތުން، ސްކްރީނުގައި ހޭދަކުރާ ކޮންމެ އިތުރު ގަޑިއިރަކަށް ނިދީގެ ވަގުތުން ތިނަކާއި ފަހަކާއި ދެމެދުގެ މިނެޓު މަދުވެ، ނިދާ ގަޑި 13 މިނެޓު ލަސްވެއެވެ.

ސިއްޙަތަށް ކުރަނީ ކިހާ އަސަރެއް ! 

ނިދި މަދުވުމަކީ ގިނަ ބަޔަކު ޢާންމު ކަމެއްގެ ގޮތުގައި ދުށް ނަމަވެސް، އޭގެ އަސަރުތައް ފުޅާވެދާނެ ހާލަތެކެވެ. ވަރުބަލިކަމާއި، ކޮންސެންޓްރޭޝަން ދަށްވުމާއި، މޫޑަށް ބަދަލު އައުމާއި، ދިގު މުއްދަތުގެ ސިއްޙީ ނުރައްކާތަކާ ނިދި މަދުވުމާ ގުޅުން ހުރި ކަމަށް ދިރާސާތައް ދައްކައެވެ.

ބިޒީ ވުމުގެ ޖިޒީ ނިދީގެ ޤުރުބާނުން !

ބިޒީވުމަށް އަހައްމިއްޔަތުކަން ދޭ ސަގާފަތެއްގައި ނިދި ބެލެވެނީ ދޫކޮށްލެވޭ އެއްޗެއްގެ ގޮތުގައެވެ. ވަޒީފާގެ ދިގު ގަޑިތަކާއި، އިތުރު މަސައްކަތްތަކާއި، އިޖުތިމާޢީ ޒިންމާތަކުގެ ސަބަބުން ނިދި ވަނީ އިސްކަންދޭ ލިސްޓުގެ ފުލަށް ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ވަރުބަލިކަން ވެފައި ވަނީ އިސްތިސްނާއެއް ނޫން، ޢާންމު ހާލަތަކަށެވެ.

ބެލެންސް ހޯދޭނީ ކިހިނެއް؟

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް، ނިދީގެ އާދަ ބަދަލުކުރުން ވެފައި ވަނީ ގޮންޖެހުން ބޮޑު ކަމަކަށެވެ. ތަޖުރިބާކާރުން ބާރު އަޅަނީ ނިންޖަކީ އިޚުތިޔާރީ ކަމެއް ނޫން ކަމަށާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ނިދި ކޮންމެހެން ބޭނުންވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް އެ ބެލެންސް ހޯދުން އަދިވެސް ވެފައި ވަނީ ފުރިހަމަ ނުވެ އޮތް މަސައްކަތަކަށެވެ.

Advertisement

ކޮމެންޓް