Advertisement

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ 92 އަހަރުގައި މަރުވެއްޖެ

12 Apr 2026 | 13:21
އާޝާ ބޯސްލޭ -

އިންޑިއާގެ ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މިއަދު މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި މަރުވެއްޖެއެވެ.

އާޝާ ބޯސްލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ރޭ، މާ ބޮޑަށް ވަރުބަލިވެ، މޭގައި އިންފެކްޝަނެއް އުފެދުމާ ގުޅިގެންނެވެ. ގިނަ ގުނަވަންތައް ފެއިލްވެ، ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ މަރުވެފައެވެ. މަރުވިކަން ކަށަވަރުކޮށްދެމުން ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، މާދަމާ ހެނދުނު 11 ޖަހާއިރު އާއިލާ ދިރިއުޅޭ ގެ، ކާސާ ގްރަންޑޭގައި އެންމެ ފަހުގެ އިޙުތިރާމް އަދާކުރެވޭނެ ކަމަށާއި، ހަވީރު ހަތަރެއް ޖަހާއިރު ޝިވާޖީ ޕާކުގައި ޖަނާޒާ ބާއްވާނެ ކަމަށެވެ.

Advertisement

އާޝާ ބޯސްލޭ އަކީ 20 އަށް ވުރެ ގިނަ ބަހުން 12,000 އަށް ވުރެ ގިނަ ލަވަ ރެކޯޑުކޮށް، ދުނިޔޭގެ އެންމެ ގިނަ ލަވަ ރެކޯޑުކުރި ފަންނާނެއްގެ ގޮތުގައި 2011 ވަނަ އަހަރު ގިނެސް ވޯލްޑް ރެކޯޑް ހޯދައިފައިވާ ފަންނާނެކެވެ. އިންޑިއާގެ ދެ ވަނައަށް އެންމެ ޝަރަފުވެރި ރައްޔިތުންގެ އެވޯޑު ކަމަށްވާ ޕަދްމާ ވިބޫޝަން އާއި ދާދާސާހެބް ފާލްކޭ އެވޯޑު ލިބިފައިވާ އާޝާ ބޯސްލޭ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ކޮއްކޮއެވެ.

Advertisement

ކޮމެންޓް