Advertisement

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

11 Apr 2026 | 12:39
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަތުޙު /ފޮޓޯ: ފުލުހުން

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ 071، ފަތުޙު އާދަމް ޙަސަންފުޅު (44އ) އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Advertisement

ފުލުހުންގެ މިއޮޕަރޭޝަނުގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގާތްގަނޑަކަށް 38 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ. އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރި ހިންގުމުގައި އުޅޭކަމުގެ ތުހުމަތެވެ.

ފަތުޙުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރަންޖެހޭ އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރަމުންނެވެ.

Advertisement

ކޮމެންޓް