ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ހުކުމްކޮށްފި
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ) 12 އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލުމަށާއި، 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މި ހުކުމް އިއްވާފައިވަނީ 2026 އޭޕްރީލް ހަތް ވަނަ ދުވަހުއެވެ.
މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2024 އޮގަސްޓް 19 ގައެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާ ނިންމުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހުއެވެ.
މި ކާމިޔާބީއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވޭނެ އެންމެ ބޮޑު އަދަބު ހޯދައިދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.