Advertisement

ގަޕޯ ޗެއާޕާސަން ކަމުން ވަކިކުރުމަށް ބާއްވާ ގައުމީ މަޖިލިސް އަންނަ ހޯމައިގައި!

09 Apr 2026 | 09:59
-

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މިކަން އަންގައި އެ ޕާޓީގެ ސެކްރެޓޭރިއަޓުން ރޭ ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނަށް މެސެޖެއް ފޮނުވާފައެވެ. ނަމަވެސް، މި ބައްދަލުވުން ބާއްވާނެ ވަގުތާއި ތަން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

Advertisement

ޣަފޫރު މިވަގުތު ޕާޓީގެ ވަގުތީ އިސްވެރިޔާގެ ގޮތުގައި ހުންނެވި ނަމަވެސް، އެމްޑީޕީގެ އެތެރޭގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މި މައްސަލަ ބޮޑުވީ، ޕާޓީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގެ އެޖެންޑާއަށް ކުއްލި ބަދަލުތަކެއް ގެނެސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ވާހަކަ ދެއްކެވުމަށް އޮތް ފުރުސަތަށް ހުރަސްއެޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވީ، ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި ލީގަލް އެޑްވައިޒަރު މައުރޫފް (މާއްޓޭ) މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ދުރުކުރުމަށް ގައުމީ މަޖިލީހުގެ 55 މެމްބަރުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅީ މިދިޔަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ.

މިކަމާ ގުޅިގެން ”ސަންގު“ އަށް ދެއްވި ބަސްދީގަތުމެއްގައި ޣަފޫރު ވިދާޅުވީ އަމިއްލައަށް އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ނަމަވެސް ވޯޓަކުން އޭނާ ވަކިކުރަން ނިންމައިފި ނަމަ އެ ނިންމުމަށް ތަބާވާނެ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ހޯމަ ދުވަހުގެ ބައްދަލުވުމަކީ ޕާޓީގެ ކުރިމަގަށް ވަރަށް މުހިންމު ނިންމުންތަކެއް ނިންމާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް