Advertisement

މަސްވެރިކަން ދަށްވުމުން ތެޔޮ މަސްދަޅުގެ ސްޓޮކް ތަންކޮޅެއް ދަށް - ވިއްކާނީ ލިމިޓްކޮށްގެން: މިފްކޯ

08 Apr 2026 | 15:42
-

މަސްވެރިކަން ދަށްވުމުގެ ސަބަބުން، މިފްކޯއިން ތެޔޮ މަސްދަޅު ކޭސް ވިއްކާ މިންވަރު ކޮންޓްރޯލްކުރަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން މިފްކޯއިން ބުނީ އިން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި ފިޔަވަޅު އަޅަން ޖެހުނީ މަސްވެރިކަން ދަށްވުމާ ގުޅިގެން ކަމަށެވެ. ތެޔޮ މަސްދަޅު ލިމިޓު ކުރަން ޖެހުނު ނަމަވެސް އެ ކުންފުނީގެ އެހެނިހެން އުފެއްދުންތައް އެއްވެސް ލިމިޓެއް ނެތި ލިބެން ހުންނާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ. 

Advertisement

ސްޓޮކް އިތުރުވަންދެން ކޮންމެ ކަސްޓަމަރަކަށްވެސް މިހާރު ވިއްކުމަށް ހަމަޖެހިފައިވަނީ 24 ނުވަތަ 48 ދަޅުގެ އެންމެ ކޭހެކެވެ. މިގޮތަށް ލިމިޓް ކުރީ މަސްދަޅު ލިބުމުގައި ދަތިތަކެއް ކުރިމަތިވިޔަ ނުދީ، ރައްޔިތުންނަށް ހަމަހަމަކަމާއެކު މިފްކޯގެ އަގުގައި ތެޔޮ މަސްދަޅު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް މިފްކޯއިން ހާމަކުރެއެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން، ދާދިފަހުން ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ނިންމި ނަމަވެސް، އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ. އެހެންކަމުން މިހާރުވެސް ތެޔޮ މަސްދަޅު ލިބެން ހުންނާނީ ކުރީގެ އަގުގައެވެ.

Advertisement

ކޮމެންޓް