ދިރާގުގެ ރަން ކާށި ބިނދެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު!
ދިރާގުން ފިތުރު އީދަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ހާއްސަ ފަރާތްތަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމްތައް ހާސިލްކުރުުމުގެ ފުރުސަތު އަދިވެސް ދިރާގުން ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ މަގުބޫލު "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށް ފަހު، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. މި ގޮތުން، އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލީ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހަދިޔާތައް ދިރާގުއެޕް މެދުވެރިކޮށް 26 މާރިޗުގެ ނިޔަލަށް މުޅިން ހިލޭ ފޮނުވޭނެއެވެ.
މި ގޮތުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކަށް އެއް ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޑޭޓާ 24 ގަޑިއިރަށް ބޭނުންކުރެވޭނެއެވެ.
އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ދިރާގުން ވަނީ ހުޅުވައިލައިފައެވެ. މި ގޮތުން، ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓް ލިބިގެންދާނެއެވެ. މި ރަން ޓިކެޓުތަކުގެ އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލްކުރުމުގެ ފުރުސަތު އިތުރުކުރެވޭނެއެވެ. އަދި، ފަސް ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ 50 ޓިކެޓް ހާސިލްކުރެވޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައަޅާފައިވާ ހާއްސަ އިނާމުތަކަކީ:
. އެޕަލް މެކްބުކް ނިއޯ
. ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު
. ސޮނީ ޒީވީ-އ10ީ ޑީއެސްއެލްއާރް ކެމެރާ
. އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން)
. އެޕަލް އެއަރޕޮޑް މެކްސް
. ޓީޓީ ރޭސިންގް އެއަރ ފްލެކްސް ގޮނޑި
. ޓީޓީ ރޭސިންގް ސްމާޓް ޑެސްކް
ދިރާގުން ދަނީ އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވަދީ، އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި އަގުހުރި އިނާމްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.