Advertisement

ތިނަދޫގައި ކާރެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

25 Mar 2026 | 10:28
ތިނަދޫގައި ކާރެއްގައި ރޯވެ ބޭުނުން ނުކުރެވޭ ވަރަށް އަނދާފައި/ ފޮޓޯ: ހުވަދޫ މީޑިއާ ވީޑިއޯ

ގދ. ތިނަދޫ ސިޓީގެ "ކްރެބް ބީޗް" ސަރަހައްދުގައި އޮތް ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އުޅަނދު އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭގެ 23:23 ހާއިރުގައެވެ.

Advertisement

ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތުން، ރޭގެ 23:45 ހާއިރު އަލިފާންގަނޑު ވަނީ މުޅިން ކޮންޓްރޯލްކޮށް ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާން ރޯވި ކާރު ވަނީ އިއާދަނުކުރެވޭ ވަރަށް ހަލާކުވެފައެވެ.   

Advertisement

ކޮމެންޓް