މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހާޒިރުވާން އަންގައި އިއުލާނުކޮށްފި
މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވާން އަންގައި ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ އެ މައްސަލައިގައި ހާޒިރުވާން އަންގާފައިވަނީ ވ. ރަކީދޫ، ނަރުގިސްވިލާ، އިޤްބާލް (40އ) ކަމަށެވެ. އޭނާ ހާޒިރުކުރަނީ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިއުލާނުކޮށްފައިވަނީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ބުނެފައިވެއެވެ. އިޤްބާލް ހާޒިރުވާން އަންގާފައިވަނީ މާރިޗު 24 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.