Advertisement

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުން އަމަލުކުރި ގޮތާމެދު ޓްރަމްޕް 'ހިތްހަމަނުޖެހިއްޖެ'

17 Mar 2026 | 13:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސި ސަރުކާރުން އަމަލުކުރި ގޮތަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަނުޖެހިއްޖެއެވެ. 

ޓްރަމްޕް ހިތްހަމަނުޖެހުނީ "ފުޅާ ދާއިރާއެއްގެ ހަނގުރާމައެއްގެ" ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށް ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވުމާ ގުޅިގެންނެވެ.

Advertisement

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އިނގިރޭސިވިލާތާ މެދު އޭނާ "ހިތްހަމަނުޖެހޭ" ކަމަށެވެ. އަދި ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯމްޒް އަލުން ހުޅުވުމަށް ކުރެވޭ މަސައްކަތްތަކުގައި އިނގިރޭސިވިލާތުން "ފޯރިއާއެކު ބައިވެރިވާންޖެހޭނެ" ކަމަށްވެސް ޓްރަމްޕް ބުންޏެވެ. 

އޭގެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ "ވަރަށް ބޮޑަށް މާޔޫސްކުރުވި ބައެއް ގައުމުތައް" އެބަހުރި ކަމަށެވެ. އަދި މީގެ ކުރިން "އެކުވެރިންގެ ތެރެއިން ރޯލްސް ރޯއިސް" (އެންމެ ފެންވަރު ރަނގަޅު އެކުވެރިޔާ) ގެ ގޮތުގައި ބެލެވުނު އިނގިރޭސިވިލާތުގެ ނަން އޭނާ ވަކިން ފާހަގަކުރިއެވެ. ޓްރަމްޕް މިފަދައިން ބުނީ، ސްޓްރެއިޓް އޮފް ހޮރްމުޒް ހުޅުވުމަށްޓަކައި އެކުވެރި ގައުމުތަކާ ގުޅިގެން "އަމަލީ ގޮތުން ކުރެވޭނެ، ގުޅިފައިވާ ރޭވުމެއެއްގެ" މަސައްކަތް އިނގިރޭސިވިލާތުން ކުރަމުންދާ ކަމަށް ކިއަރ ކައިރީ ބުނެފައިވާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތުން މުތުލަގަށް އެކަމަށް ނޫނެކޭ ބުނުމެނެވެ.  އަދި އެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ މައިންހަންޓަރު (ބޮން ހޯދާ އުޅަނދު) ތައް މިހާރުވެސް އެބަހުރި ކަމަށާއި، ނަމަވެސް ދެން އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނުނިންމާ ކަމަށްވެސް އިނގިރޭސިވިލާތުން ބުނެފައިވެއެވެ. 

Advertisement

ކޮމެންޓް