Advertisement

ދައްޖާލު ފާޅުވަންދެން ހަނގުރާމަ ކުރިއަށް ގެންދާނަން: ނަތަންޔާހޫ

14 Mar 2026 | 16:42
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ، އެ ގައުމުން ކުރަމުންދާ ހަނގުރާމަ އާއި އަސްކަރީ އޮޕަރޭޝަންތައް "ދައްޖާލު" ފާޅުވަންދެން ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނީ އެމެރިކާއާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement

ނަތަންޔާހޫ ބުނި ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުންނާއި، އިސް ލީޑަރުންގެ އިތުރުން އަސްކަރިއްޔާގެ މުހިންމު ފަރާތްތަކެއް ވަނީ މަރާލެވިފައެވެ. މިއީ އިސްރާއީލަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި މިހާރު ކުރިއަށްދާ އަސްކަރީ ކެމްޕޭނަކީ އީރާން އަލުން ބައްޓަންކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށާއި، މި މަސައްކަތުގައި އާދަޔާ ހިލާފު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، "އަހަރުމެން މިކަން ކުރިއަށް ގެންދާނަން މަސީޙު ފާޅުވަންދެން، ނަމަވެސް އަންނަ ބުރާސްފަތި ދުވަހު އަދި އެކަން ނުވާނެ،" ކަމަށެވެ.

 މިއީ މި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމުގެ އިޝާރާތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ނަތަންޔާހޫގެ މި ބުނުމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިޚް ޒަމްޒަމް ވިދާޅުވީ، ޔަހޫދީން "މަސީހު" ގެ ގޮތުގައި އިޝާރާތް ކުރަނީ ފަހު ޒަމާނުގައި ފާޅުވާނެ ކަމަށް ބުނާ އަލްމަސީޙުއްދައްޖާލަށް ކަމަށެވެ. އިސްލާމީ އަގީދާގައިވާ ގޮތުން މަސީހުގެ ނަން ނިސްބަތްވަނީ ދެ ފަރާތަކަށެވެ. އެއީ އަލްމަސީޙުއްދައްޖާލާއި އަލްމަސީޙު އީސާގެފާނެވެ. ނަމަވެސް ޔަހޫދީން އިންތިޒާރު ކުރަމުންދަނީ ދައްޖާލަށެވެ.

ޝެއިޚް އިތުރަށް ތަފްސީލު ކޮށްދެއްވި ގޮތުގައި، ނަބަވީ ހަދީޘްތަކުން އެނގޭ ގޮތުގައި ދައްޖާލު ފާޅުވާނީ އީރާނުގެ އިސްފަހާނު ކިޔާ ރަށަކުން 70،000 ޔަހޫދީންގެ ލަޝްކަރަކާ އެކުގައެވެ. އޭނާ މުޅި ދުނިޔޭގައި ފިތުނަ ފަސާދަ އުފައްދައި، މީސްތަކުން އޭނާއަށް ތަބާވުމަށް މަޖުބޫރު ކުރާނެއެވެ. ދައްޖާލު ދުނިޔޭގައި 40 ދުވަހު ހުންނާނެ ކަމަށާއި، އޭގެ ތެރެއިން ފުރަތަމަ ދުވަސް އެއް އަހަރަށް، ދެވަނަ ދުވަސް އެއް މަހަށް އަދި ތިންވަނަ ދުވަސް ހަފުތާއަކަށް ދިގުވެގެންދާނެ ކަމަށްވެސް ޝެއިޚް ފާހަގަކުރެއްވިއެވެ.

ދައްޖާލުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކުރުމަށް ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާކަން ޝެއިޚް ޒަމްޒަމް ފާރިޝް ހަނދާންކޮށްދެއްވިއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި، ޔަހޫދީންގެ އިސްވެރިންގެ އިތުރުން އެމެރިކާގެ ޓްރަމްޕް ސަރުކާރުގެ ކެބިނެޓް މެންބަރުންގެ ބަސްމަގު ހުރި ގޮތަށް ރިއާޔަތްކުރާއިރު، މިހާރުން ފެށިގެން މިކަމަށް ސަމާލުވެ، އަމިއްލަ ނަފްސާއި ދަރިން އެ އާޔަތްތައް ދަސްކުރުމަށް ބާރުއެޅުމަކީ އެންމެ އަމާން ގޮތް ކަމުގައި ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީންގެ މަގުސަދު ހާސިލުކުރުމަށްޓަކައި އެމީހުންގެ 'ޓެމްޕަލް' އަލުން ބިނާކުރަން ބޭނުންވެއެވެ. މީގެ މާނައަކީ މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ އަލް އަގްސާ މިސްކިތް ހިމެނޭހެން މިހާރު ހުރި ތަންތަން ސުންނާފަތިކުރުން ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، އީރާނުގެ ވެރިންނަށް އަމާޒުކޮށް ނަތަންޔާހޫ ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީއާއި ހިޒްބުاللهގެ ލީޑަރު ނައީމް ގާސިމް އަވަހާރަކޮށްލާނެ ކަމުގެ އިޝާރާތެއް ދީ، އިޒްރޭލުގެ ހަގީގީ ބޭނުމަކީ އީރާނުގެ މިހާރުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުން ކަމަށް އޭނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް
ކަނބާ
މިހާރުވެސް އެހުރީ ނަތަންޔާހޫ ދައްޖާލު ފާޅުވެފައެއްނު
14 Mar 2026